16/11/2025
އެންމެ ފަހުން ޖުވޭ އާއިވެސް މިއޮތީ ބައްދަލުވެވިފައެވެ. ރެސިޕީ އަކީ ކޮބައިކަމާ ރާއްޖޭގައިވެސް ހުނަރުވެރި ޝެފުން ތިބޭކަން އަޅުގަނޑަށް ދަސްވީ ޖުވޭގެ ނަމުންނެވެ. ޖުވޭސް ކެފޭއިން ކާލަން ލިބުމީ އަބަދުބެސް ލިބޭ އުފަލެކެވެ. ޖުވޭއަކީ ކެއްކުމުގެ އިތުރުންވެސް އެތައް ހުނަރެއް ދަސްކުރައްވާ އެކަންކަން މުޖުތަމަޢުއަށް ފޯރުކޮށްދެއްވަން މަސައްކަތްކުރާ ކަނބަލެކެވެ. މިއީވެސް ޖުވޭގެ ވިޔުންތަކެވެ. ވޫލުން ވިޔެލާފައި ހުރި ލޯބި ހެދުންތަކެކެވެ. މި ފުރުސަތު ލިބުނީތީ ވަރަށް އުފާކުރަމެވެ. އަލްޙަމްދުލިﷲ. އަޅުގަނޑު ފަދައިން ޖުވޭ އަކީވެސް އިސްރަށްވެހިންގެ ނާދީއާއި ވަރަށް ރައްޓެހި ބޭފުޅެކެވެ.
Wajdy